Advertisement

އުރީދޫ މަސްވެރިންގެ ޕެކޭޖް:މަސްވެރިންގެ މެދުގައި ހިލޭ ގުޅާލުމުގެ ފުރުސަތު!

12 Dec 2018 | 11:55

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ މަސްވެރިން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ "މަސްވެރިންގެ ޕެކޭޖް" އުރީދޫއިން ތައާރަފްކޮށްފިއެވެ. މަސްވެރީންގެ ދުވަސް ފާހަގަ ކުރުމަށް ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މި ޕެކޭޖު ތައާރަފް ކޮށްދީފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، އޮނަރަބަލް ޒަހާ ވަހީދު އަދި އުރީދޫގެ ރީޖަނަލް މެނޭޖަރ ސޭލްސް، އަބްދުއްލާ ސައީދުއެވެ.

މި ޚާއްސަ ޕެކޭޖު ފަރުމާ ކުރެވިފައިވަނީ، އަދުގެ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށް ކަމަށް އުރީދޫއިން މައުލޫމާދުދެއެވެ. އުރީދޫ މަސްވެރިންގެ ޕެކޭޖު މެދުވެރިކޮށް، މަސްވެރިންގެ އާއިލާގެ ތެރޭގައި ހިލޭ ގުޅާލެވޭނެއެވެ. އަދި މި ޕެކޭޖުތައް މެދުވެރިކޮށް ވަރަށް ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި، ހިލޭ ވައިބަރ އަދި ޓްވިޓަރ ލިބިގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

"ފެށުނީއްސުރެ، އުރީދޫ އަކީ ދިވެހި މަސްވެރިންގެ ގާތް ބައިވެރިއެއް. މަސްވެރިންގެ މަސައްކަތް ހުންނަ ގޮތުން، އާއިލާ އާއި ދުރުގައި ގިނަ ވަގުތު ދަތުރު ކުރަންޖެހޭ. އުރީދޫގެ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް މި ދިގު ދަތުރުތައް ލުއިވެ، ގާތް ތިމާގެ މީހުންނާއި ގުޅުން ބޭއްވުން ފަސޭހަ ވެގެންދާނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ރައްކައުތެރި ކުރުމަށްޓަކާ އުރީދޫ އިން ދާނީ އަބަދުވެސް އިންވެސްޓްމަންޓްތައް ކުރަމުން. ދިވެހިރާއްޖެއަށް އެހާމެ މުހިއްމު މި ދާއިރާ ކުރިއެރުމަށް ދިވެހި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ޝުކުރުވެރިވަން." އުރީދޫގެ ސީއީއޯ، ނަޖީބު ޚާން މި ޕެކޭޖައިގުޅޭ ގޮތުން ވިދާޅުވެފައިވެއެވެ.

އުރީދޫ މަސްވެރިންގެ ޕެކޭޖު ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ މަސްވެރިންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ މަސްވެރިންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ހަމައެއާއި އެކު، 4 ޢަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، މަސްވެރިންގެ ޕެކޭޖުގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫ މަސްވެރިންގެ ޕެކޭޖު ބޭނުންކުރައްވާ ކަސްޓަމަރުންނަށް، މަސައްކަތުގެ މައިދާނުގެ އިތުރުން އާއިލާއަށް ގުޅާލުމަށްވެސް ފަސޭހަވެގެންދެއެވެ. މިގޮތުން، ކޮންމެ މަސްވެރިޔަކަށްވެސް އާއިލާގެ މެންބަރުންގެ ތެރެއިން ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ މުޖުތަމައު އަށް ފައިދާކުރާނެ، އަދި ރައްޔިތުންގެ މަސައްކަތްތަކާއި އާންމު ދިރިއުޅުމަށް ކުރިއެރުން މަގުފަހިކޮށްދޭ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. 

Advertisement

ކޮމެންޓް