އުކުޅަހުގައި އާ އިންޖީނުގޭގެ ބިންގާ އަޅައިފި

21 Mar 2021 | 13:16

އއ.އުކުޅަހުގައި ހަތަރު މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އާ އިންޖީނުގެއެއްގެ ބިންގާ އަޅައިފިއެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ، މި އިންޖީނުގެ ވެގެންދާނީ އުކުޅަހަށް އަންނަމުންދާ ތަރައްޤީގެ މުހިންމު ބައިވެރިއަކަށް ކަމަށެވެ.

މީގެ އިތުރުން މިވަގުތުވެސް އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް ޙައްލު ކުރުމަށްޓަކައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ. ސްޓެލްކޯއިން ވަނީ ފެބްރުއަރީ މަހުގެ ތެރޭގައިވެސް އުކުޅަހަށް އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައެވެ.

އެންމެފަހުން މިހާރު ކުންފުނިން އަމާޒު ހިފާފައި މިވަނީ އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން މިގެންދާ 812 ކިލޯވޮޓްގެ އިންޖީނުގެ ގޭގެ ބަދަލުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އެޅުމަށެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދޭ ގޮތުގައި މި އިންޖީނުގެ ވެގެންދާނީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެ އިންޖީނުގެއަކަށް ކަމަށެވެ.

Advertisement

ކޮމެންޓް