އަށް ގައުމެއްގެ ސަފީރުންނަށް މަޖިލީހުން ރުހުންދީފި

12 Dec 2018 | 19:50

ދިވެހިރާއްޖޭގެ ފަރާތުން އަށް ގައުމަކަށާއި އދ.އަށް ކަނޑައަޅާ ސަފީރަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އެބޭފުޅުންނަށް ރުހުންދީފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ބޭފުޅުންގެ ނަންތައް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ދިރާސާކުރުމަށްފަހުގައި ވަނީ ރުހުންދީފައެވެ.

މިއަދު މަގާމުތަކަށް އައްޔަންކުރި ސަފީރުންނަކީ:

-ބެލްޖިއަމް އަދި އީޔޫއަށް ކަނޑައަޅާ ސަފީރުކަމަށް ހަސަން ސޯބިރު

-އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް އާއިޝަތު މުހައްމަދު ދީދީ

-ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ޑރ. އަބްދުﷲ މައުސޫމް

-ޖަރުމަނު ސަފީރުކަމަށް އަހްމަދު ލަތީފް (ސީވީޑް ލަތީފް)

-އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޑރ. ފަރަހަނާޒް ފައިސަލް

-އެމެރިކާއާއި އދ.އަށް ކަނޑައަޅާ ސަފީރުކަމަށް ތިލްމީޒާ ހުސައިން

-މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށް ވިސާމް އަލީ

-ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް އުމަރު އަބްދުއްރައްޒާގު

މި ބޭފުޅުންނަކީ މީގެ ކުރިންވެސް ދައުލަތުގެ ގިނަ މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންނެވެ. 

Advertisement

ކޮމެންޓް