Advertisement

"އެމްޑީޕީއާއިއެކު ކޯލިޝަން ހަދައިގެން ތިބީ އެޕާޓީއަކީ ލާދީނީ ބައެއްކަމަށް ބުނި މީހުން"

24 Mar 2021 | 15:29

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައިވަނީ އެޕާޓީއަކީ ލާދީނީ ފިކުރުގެ ބައެއްކަން ރައްޔިތުންގެ ކުރިމަތީގައި ތަކުރާރުކޮށް ވިދާޅުވެފައިވާ ލީޑަރުން ކަމަށް ސަލަފުގެ ރައީސް ޢަބްދުﷲ ބިން ޖަނާބު ވިދާޅެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ކޯލިޝަންގެ ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ރިޔާސީ ޓިކެޓު ދިނުންކަަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލު ކުރެއްވި ޓްވީޓް ރީޓްވީޓު ކުރައްވައި ސަލަފުގެ ރައީސް ވިދާޅުވީ އެމްޑީޕީ އާއެކު ކޯލިޝަން ހަދައި، ޕްރައިމަރީއަކާ ނުލައި 2018 ގެ ކެންޑިޑެންސީ އެމްޑީޕީ އަށްދީފައިވާ ކޮންމެ ލީޑަރަކީވެސް އެލީޑަރެއްގެ ސާފުބަހުން، އެމްޑީޕީއަކީ ވެރިކަންކުރުމުގެ ޤާބިލުކަން ނެތް، ދިވެހިރާއްޖެއަށް ހެޔޮނޭދޭ، ލާދީނީފިކުރުގެ ބައެއްކަން ރައްޔިތުން ކުރިމަތީ ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

އެ ޕާޓީގެ ޕޮލިސީތަކާ، ސިސްޓަމް ބަދަލު ކުރިކަން ޚުދުއެއިން ބޭފުޅެއްގެ ދުލުންވެސް ހާމަ ކުރެއްވީއެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެބޭފުޅުން އެތިއްބެވީ އެމްޑީޕީއަށް ކެންޑިޑެންސީ ދެއްވައިގެންނެވެ.

" މިއަދު އެއިންކަމާ ޒިއްމާވާނެ ފަރާތަކީ ކާކުތޯއެވެ؟" ބިން ޖަނާބު ސުވާލު އުފެއްދެވިއެވެ. 

Advertisement

ކޮމެންޓް