ޔުނައިޓެޑުގެ ތަރި ރަޝްފޯޑް އޭސީ މިލާނަށް؟

13 Dec 2018 | 07:12

އިޓަލީގެ އޭސީ މިލާނުން މެންޗެސްޓާ ޔުނައިޓެޑުގެ ހުނަރުވެރި ޒުވާން ފޯވަޑް މާކަސް ރަޝްފޯޑް ގެންދަން އުޅޭ ކަމުގައި މިޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ރަޝްފޯޑް، އޭސީ މިލާނަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ޒްލަޓާން އިބްރާހިމޯވިޗް އެ ކްލަބަށް ގެންދަން ކުރި މަސައްކަތްތައް ނާކާމިޔާބުވުމައި ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ.

އޭސީ މިލާނުގެ ކޯޗް ގަޓޫސޯ އިންގްލެންޑަށް ނިސްބަތްވާ ރަޝްފޯޑް ގަތުމަށް ބޭނުންވަނީ މޮރީނިއޯގެ ފުރަތަމަ އެގާރައިގަ ރަޝްފޯޑް ފަދަ ހުނަރުވެރި ކުޅުންތެރިޔަކު ގަވައިދުން ހިމެނެމުން ނުދާތީ ކަމަށައި ރަޝްފޯޑްގެ ޕޮޓެންޝިއަލް އޭސީ މިލާނުގައި ދައްކާލެވޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމުގައިވެއެވެ.

ދާދި ފަހުން ރެއާލް މެޑްރިޑުން ރަޝްފޯޑް ގަތުމަށް ޝައުގުވެރިކަން ފާޅު ކުރުމުން އޭނާ އެކަމަށް މަރުހަބާ ކިޔާފައިވާ ކަމުގެ އަޑުތަކެއްވެސްވަނީ މީޑިއާގައި ފެތުރިފައެވެ.

އޭސީ މިލާނުގެ އެޓޭކިން އޮޕްޝަންސް އިތުރަށް ވަރުގަދަ ކުރުމަށް ލިވަޕޫލްގެ ޑިވޮކް އޮރިގީވެސް އެޓީމަށް ގެންދަން އުޅޭ ކަމުގައި ޔޫރަޕުގެ ފުޓްބޯޅައައި ބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ރަޝްފޯޑް އަދި އޮރިގީގެ އިތުރުން އިޓަލީގެ ސަމްޕްޑޯރިއާއަށް ކުޅެމުން އަންނަ ފަބިއޯ އަދި ޗެލްސީގެ ފެބްރިގާސް އަކީވެސް އޭސީ މިލާނުން ޓާގްޓް ކޮށްފައިވާ ކުޅުންތެރިންކަމުގައި ހަބަރު ލިބެއެވެ.

Advertisement

ކޮމެންޓް