Advertisement

އަޚްލާޤު ރަނގަޅު ގައިދީންނަށް މަޢާފު ދިނުމަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފި

24 Mar 2021 | 22:21

ހިންމަފުށި އައްސޭރި ޖަލުގައި ތިބި އަޚްލާޤު ރަނގަޅު ގައިދީންނަށް މަޢާފު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް 200 އަށްވުރެ ގިނަ ގައިދީން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ހުށަހަޅާފައެވެ. މި ކަންބޮޑުވުންތަކާއި ގުޅޭ ގިނަ ލަފާތަކެއް ކަމާއި ގުޅުންހުރި އިދާރާތަކަށް ކޮމިޓީން ދީފައިވެެއެވެ. މިރިޕޯޓް ފާސްކުރުމަށް 26 މެމްބަރުން ވޯޓު ދެއްވިއެވެ.

އައްސޭރި ޖަލުގައި ތިބި ގައިދީންނާގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ދިރާސާކޮށް އެކޮމިޓީން ނިންމިގޮތުގެ ރިޕޯޓްގައި ވަނީ 13 ކަމެއް ހިމަނާފައެވެ.

އެގޮތުން ކުށްކުރާ މީހުންނަކީ ޖަލުގައި ބަންދުކޮށް މުޖުތަމަޢުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، ކުދިކުދި ކުށްކުރާ މީހުން ނޮން ކަސްޓޯޑިއަލް ސެންޓެންސް ގެ ދަށުން، މުޖުތަމަޢަށް ބޭނުންތެރި ޚިދުމަތެއް ކުރުމަށްފަހު އެކުރި ކުށަށް މަޢާފު ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށާއި އެކަމަށް މަގުފަހި ކުރުމަށްޓަކައި، ކަމާގުޅޭ ޤާނޫނުތަކަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކުރި ރިޕޯޓްގައިވެއެވެ.

ކޮމިޓީ ރިޕޯޓްގައި ޖަލު ތަކުން މަސްތުވާތަކެއްޗާއި، މަސްތުވުމަށް ބޭނުންކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް ފަސޭހަކަމާ އެކީގައި ލިބުމާއި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުންދާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ބުނެ، އެފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓާ ކުރުން މުހިންމު ކަމަށްވެސް ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް