ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަނީ

24 Mar 2021 | 22:04

ރާއްޖޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޜަން (ނ،ރ،ބ،ޅ)ގައި ހިމެނޭ ރަށެއްގައި، 03 މާރިޗް ވަނަ ދުވަހު 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 11ވަނަ ދުވަހު ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ. އަދި މި މައްސަލަ ތަޙުޤީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަޙުޤީގު ކުރަމުންދަނީ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެންނެވެ.

މި ހާދިސާ ހިނގައިގެންދިޔަ ރަށުގެ ޕޮލިސް ސްޓޭޝަންގެ ކުރިމައްޗަށް ރަށުގެ ގިނަބަޔަކު ދަނީ އެއްވެ ނުރުހުން ފާޅުކުރަމުންނެވެ. މިކަމުގެ ތެރެއިން، ފުލުހުންނާ އާންމުންނާއި ދެމެދު ކޮންމެވެސް މިންވަރަކަށް ކުރިމަތިލުން ހިނގާ މަންޒަރުތަކެއް މީސް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެމީހުންނާއި ވާހަކަދައްކައިގެން އެކަން ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފޮޓޯ: ވަން އޮންލައިން

Advertisement

ކޮމެންޓް