Advertisement

އިނގިރޭސި ލީގު ކަޕްގައި ޗެލްސީ އަތުން ލިވަރޕޫލް ކަޓައިފި

27 Sep 2018 | 07:20

އިނގިރޭސި ލީގު ކަޕްގައި ރޭ ވާދަވެރި ލިވަރޕޫލްއާއި ޗެލްސީ ބައްދަލު މެޗުން ޗެލްސީ ކުރި ހޯދައިފިއެވެ. ލިވަރޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗް ޗެލްސީއިން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އަކުންނެވެ. ދެ ޓީމުންވެސް ފުރަތަމަ 11 ގައި ނުހިމެނޭ ގިނަ އަދަދެއްގެ ކުޅުންތެރިންނާއެކު ކުޅުނު މި މެޗުގައި ގިނަ ވަގުތު ޗެލްސީއިން ބޯޅަ ގެންގުޅުން ކަމުގައި ވިއަސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ލިވަރޕޫލުންނެވެ.

މެޗުގައި ލިވަރޕޫލަށް ލަނޑުޖަހާދީފައިވަނީ 58 ވަނަ މިނެޓުގައި ސްޓަރިޖްއެވެ. ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައިވަނީ 79 ވަނަ މިނެޓުގަ އެމަރސަންއެވެ. އެމަރސަން ގޯލަށް ވައްދާލި ބޯޅަ ލަނޑެއްގެ ގޮތުގައި ބެލީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ކަށަވަރު ކުރުމަށް ފަހުގައެވެ. ޗެލްސީގެ މޮޅުވި ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަޒާޑެވެ.

ލީގް ކަޕްގައި ދެން ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު އާސެނަލް ވަނީ 3-1 ކުން ބްރެންޓްފޯޑް ބަލިކޮށް ޖެހިގެން އޮތް ބުރަށް ދަތުރުކޮށްފައެވެ. ޓޮޓެންހަމް ޕެނަލްޓީޖަހާ ވޮޓްފޯޑް ބަލިކުރުމަށްފަހު ދެން އޮތް ބުރު ކަށަވަރު ކުރި އިރު ވެސްޓް ހަމް 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެކްލެސްފީލްޑް ބަލިކޮށް ޖެހިގެން އޮތް ބުރަށް ވަނީ ކޮލިފައިވެފައެވެ. 

Advertisement

ކޮމެންޓް

Advertisement