ކެނެޑާގެ ދެވަނަ މީހަކު ޗައިނާގައި ހައްޔަރުކޮށްފި

13 Dec 2018 | 11:31

ކެނެޑާގެ ދެވަނަ މީހަކު ޗައިނާގައި ހައްޔަރުކޮށްފިއެވެ. ކެނެޑާގެ ޚާރިޖިއްޔާއިންބުނީ ދެވަނައަށް ހައްޔަރުކުރި ބިޒްނަސްމަން މައިކަލް ސްޕާވަރ ( ފޮޓޯގެ ވ.) އާއި ގުޅޭގޮތުން އެގައުމުން މަސައްކަތްކުރަމުންދާކަމަށެވެ. މީނާ ހައްޔަރުމިކުރީ ކެނެޑާގެ ޑިޕްލޮމެޓެއްކަމަށްވާ މައިކަލް ކޯރިންގ މިހަފްތާތެރޭގައި ޗައިނާއިން ހައްޔަރުކޮށްފައިވަނިކޮށެވެ. ޑިޕްލޮމޭޓް ހައްޔަރުކުރީ ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަރަކާތްތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭތީކަމަށް ޗައިނާއިން ބުނެފައިވެއެވެ. ވިޔަފާރިވެރިޔާވެސް ހައްޔަރުކޮށްފައިވަނީ މިފަދަ ސަބަބުތަކެއްގައިކަމުގައި ޗައިނާއިން ބުނެފައިވެއެވެ. މިވިޔަފާރިވެރިޔާއަކީ އުތުރުކޮރެއާއަށް ވިޔަފާރި ދަތުރުކޮށްހަދާ މީހެކެވެ.

ކެނެޑާގެ މި ދެމީހުން ހައްޔަރުކޮށްފައިމިވަނީ ކެނެޑާއިން ހައްޔަރުކުރި ޗައިނާގެ ޓެލެކޮމް އެގްޒެކްޓިވް މިސް މެންގް ވަންޒޫ މިދިޔަ ހަފްތާގައި ކެނެޑާއިން ހައްޔަރުކޮށް އެމެރިކާއާއި ހަވާލުކޮށްފާނެކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ނޫސްތަކުން ބުނަނީ މިސް މެންގް ހައްޔަރުކޮށްފައިވަނީ ޓެކްނޮލޮޖީއާއި ކޮމިއުނިކޭޝަންގެ ދާއިރާއިން ޗައިނާއިން ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވޭތޯކަމުގައެވެ. މިއީ ކެނެޑާއިން ކޮށްފައިވާ މުޑުދާރުއަމަލެއްކަމަށާއި އޭގެ ރައްދު ބަދަލާ ކެނެޑާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު މީގެ ކުރިން ޗައިނާއިން ދީފައިވެއެވެ. ޗައިނާގައި ކެނެޑާގެ ވިޔަފާރިތަކަށް އަސަރުކުރަމުންދާކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން ބައެއް ބްރޭންޑްތައް ބޮއިކޮޓްކުރަން ދަނީ ގޮވާލެވެމުންނެވެ.

ދާދިފަހުން ސައޫދީ އަރަބިއްޔާއިންވެސް ވަނީ ކެނެޑާއާއެކު އޮތް ވިޔަފާރީގެ މައިގަނޑު ގުޅުންތައް ކަނޑާލާފައެވެ. އެއީ ސައޫދީ އަރަބިއްޔާގެ ދާޚިލީ ކަންކަމާ ކެނެޑާއިން ބެހެމުންދާކަމަށް ބުނެއެވެ.

Advertisement

ކޮމެންޓް

Advertisement