ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 162 މީހުން!

25 Mar 2021 | 22:26

ދިވެހިރާއްޖެއިން އިތުރު 162 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 162 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 99 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 45 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހަކާއި ލިވްއަބޯޑުތަކުން ޕޮޒިޓިވްވި 2މީހަކާއި ސިނާއީ ސަރަހައްދުތަކުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 23،091 އަށް އަރާފައެވެ. މީގެ ތެރެއިން 103 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 20،439 އަށް އަރާފައެވެ

Advertisement

ކޮމެންޓް

Advertisement