ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 146 މީހުން!

26 Mar 2021 | 22:18

ދިވެހިރާއްޖެއިން އިތުރު 146 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 146 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 59 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 11 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހެއްގެ އިތުރުން ސިނާއީ ރަށްރަށުން ޕޮޒިޓިވްވި 66 މީހެކެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 23،237 އަށް އަރާފައެވެ. މީގެ ތެރެއިން 100 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 20،529 އަށް އަރާފައެވެ

Advertisement

ކޮމެންޓް

Advertisement