Advertisement

ވެންޓިލޭޓަރުގެ ޚިޔާނާތުގެ ފައިސާ ޖަމާވީ "ބާމިއުޑާ ޓްރެއިންގަލް"ގެ އެކައުންޓް އަކަށް: ޠާރިޤު

27 Mar 2021 | 20:37

ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްގެން ރާއްޖެ ގެންނާން އުޅުނު ވެންޓިލޭޓަރުގެ ޚިޔާނާތާއި ގުޅުންހުރި ފައިސާ ވަނީ ބާމިއުޑާ ޓްރޭންގަލްގެ އެކައުންޓަކަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. 

ވެންޓިލޭޓަރުގެ ޚިޔާނާތުގެ ފައިސާ ޖަމާވީ ކޮން އެކައުންޓަކަށްކަށް ނޭނގޭ ކަަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ދައުވާ ކުރުމަށް ފުރިހަމަވާން ޖެހޭ ކުށުގެ އުންސުރުތައް ފުރިހަމަ ނުވާ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

މިކަމާއި ގުޅުގެން ޠާރިޤު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އުންސުރު ހަމަ ނުވާނެ ކަމަށެވެ. މި މައްސަލައިގައި އުންސުރު ހަމަވެއްޖެނަމަ، ދައުލަތުގެ އިތުރު ދެ މިނިސްޓަރަކާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފާއި ހަމައަށް އުންސުރު ފޯރާނެ ކަމަށެވެ.

"ރައްޔިތުންނަށް ވާނުވާ އެބަ އެނގޭ" ޠާރިޤު ވިދާޅުވިއެވެ.

މި މައްސަލައިގައި ލިބުނު އާ މަޢުލޫމާތުތަކަށްފަހުގައި ވެސް ދަޢުވާ ނުކުރަން ޕީޖީން ވަނީ ނިންމީ ކުރިން ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، ޖިނާޢީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީކަމަށް ބުނެއެވެ.

Advertisement

ކޮމެންޓް