ގދ.ތިނަދޫ އަނެއްކާވެސް މޮނިޓަރިންއަށް ލައިފި

27 Mar 2021 | 21:00

ގދ.ތިނަދޫ އިން ކޮވިޑްގެ އިތުރު ކޭސްތަކެއް ފެނުމާއި ގުޅިގެން އަނެއްކާވެސް  މޮނިޓަރިންއަށް ލައިފިއެވެ.

އެޗްއީއޯސީން ބުނީ ތިނަދޫއިން ބަލީގެ އަލާމާތްތަކެއް ހުރެގެން ޓެސްޓްކުރި ފަސް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެރަަށުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ އެރަށް މޮނިޓަރިންއަށް ލާފައެވެ. އަދި އެރަށުގައި ކޮންޓެކްޓްގައި ޓްރޭސިންގގެ މަސައްކަތް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

Advertisement

ކޮމެންޓް