ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 166 މީހުން!

27 Mar 2021 | 22:33

ދިވެހިރާއްޖެއިން އިތުރު 166 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 166 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 91 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 52 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 11 މީހަކާއި ލިވްއަބޯޑުތަކުން ޕޮޒިޓިވްވި 11 މީހަކާއި ސިނާއީ ސަރަޙައްދުތަކުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 23،403 އަށް އަރާފައެވެ. މީގެ ތެރެއިން 98 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 20،618 އަށް އަރާފައެވެ

Advertisement

ކޮމެންޓް