Advertisement

މޭޔަރުކަން ލިބިއްޖެނަމަ، އަޅުގަނޑުގެ ވެރިޔަކަށް ވާނީ މާލޭގެ ރައްޔިތުން- ޑރ.މުޢިއްޒު

28 Mar 2021 | 12:38

މާލެ ސިޓީގެ މޭޔަރުކަން ލިބިވަޑައިގެންފިނަމަ، އޭނާގެ ވެރިޔަކަށް ވާނީ މާލޭގެ ރައްޔިތުން ކަމަށް މާލެ ސިޓީގެ މޭޔަރު ކަަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ވައި މުޢިއްޒު؟" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ މޭޔަރުކަން ލިބިވަޑައިގެންފިނަމަ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ކުރެއްވުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން، ދޮރުވެރިކަމާއި، ވަޒީފާ ނުލިބުމުގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަަމަށް ޑރ.މުޢިއްޒު ވިދާށށްްޅުވިއެވެ.

ހަތް އަހަރު ދުވަހު ސަރުކާރަށް ޚިދުމަތް ކުރެވުނު ކަމަށާއި، އެއިރަކު ހުންނެވި ވެރިޔަކު ހަވާލު ކުރެެއްވި މަސައްކަތެއް ވީހާވެސް ފުރިަހަމައަށް ކުރެއްވުމަށް ވަރަށްބުރަކޮށް މަސައްކަތް ކުރެއްވިކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ ސިޓީގެ މޭޔަރުކަން ލިބިވަޑައިގެންފިނަމަ، އޭނާގެ ވެރިޔަކަށް ވާނީ މާލޭގެ ރައްޔިތުންނެވެ.

"މިސާލަކަށް ބްރިޖު ހަދަން ރައީސް ޔާމީން އަޅުގަނޑާ ހަވާލު ކުރީ. އަޅުގަނޑު އެ މަސައްކަތް ކުރިން. މިހާރު މި ނުކުންނަނީ އެހެން މައިދާނަކަށް. ރައްޔިތުންގެ ގާތަށް. އެހެންވީމަ، އަޅުގަނޑުގެ ވެރިޔަކަށް، އަޅުގަނޑު ދެކޭގޮތުގައި ވާނީ މާލޭގެ ރައްޔިތުން" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށާއި، އެކަމަށް އޮތް ދާއިމީ ޙައްލަކީ ފުލެޓު ނޫން ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލައިގެ ޙައްލަކީ ގޯތި ދިނުން ކަމަށެވެ.

މޭޔަރުކަން ލިބިވަޑައިގެންފިނަމަ، ކ.ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް