ކުޑަހުވަދޫއިން އިތުރު ދެމީހަކު ޕޮޒިޓިވްވެއްޖެ

28 Mar 2021 | 13:42

ދ.ކުޑަހުވަދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން އިތުރު ދެ ޕޮޒިޓިވް ކޭސް ފެނުމާއި ގުޅިގެން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ކުޑަހުވަދޫ ކައުންސިލުން ވިދާޅުވި ގޮތުގައި އިއްޔެ ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ދެޕޮޒިޓިވް ކޭސް ވެސް ބެލެވެނީ އެއާޕޯޓު ކޮންޓެކްޓްސްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދ.ކުޑަހުވަދޫ އިން މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް ލާފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ ރަށުގައި އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުން އަންނަކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް