Advertisement

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 147 މީހުން!

29 Mar 2021 | 22:18

ދިވެހިރާއްޖެއިން އިތުރު 147 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 147 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 65 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 69 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހަކާއި، ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި އެކަކުގެ އިތުރުން ސިނާއީ ސަރަހައްދުތަކުން ޕޮޒިޓިވްވި ދެމީހެއްގެ ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 23،671 އަށް އަރާފައެވެ. މީގެ ތެރެއިން 93 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 20،839 އަށް އަރާފައެވެ.

Advertisement

ކޮމެންޓް