Advertisement

މޮރީނިއޯއާއި ޕޮގްބާގެ ކޯޅުންގަނޑު

27 Sep 2018 | 12:10

ފުޓުބޯޅައިގެ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކަ އަކީ މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރ މޮރީނިއޯއާއި ޔުނައިޓެޑްގެ ތަރި ޕޮގްބާގެ ކޯޅުންގަނޑުގެ ވާހަކައެވެ. 

މޮރީނިއޯ އަދި ޕޮގްބާގެ ގުޅުން ގޯސްވެ ޕޮގްބާ އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް ނުވަތަ ސްޕެއިންގެ ބަރސެލޯނާއަށް ބަދަލުވާންއުޅޭ ކަމުގެ އަޑުތަކެއްވެސްވަނީ އަރާފައެވެ. 

ގިނަ ބަޔަކު ގަބޫލުކުރަނީ މޮރީނިއޯ އަދި ޕްގްބާގެގުޅުން ހީނަރުވާން ފެށުނީ މިއަހަރުގެ ޖަނަވަރީ މަހު ޓޮޓެންހަމްއާއި ދެކޮޅަށް ޔުނައިޓެޑް ވެމްބްލީގައި ކުޅުނު ލީގު މެޗުގައި މޮރީނިއޯގެ އިރުޝާދުތަކާއި މެދު ޕްގްބާ ދަނޑުމަތީގައި ހިތްހަމަނުޖެހުން ފާޅުކުރުމުން ކަމަށެވެ. އޭގެ 3 ދުވަސް ފަހުން ލީގުގައި ހަޑަސްފީލްޑާއި ދެކޮޅަށް ކުޅުން މެޗުގައި ޕޮގްބާއަށް ޓީމުގެ ފުރަތަމަ 11 އިންވަނީ ޖާގަ ގެއްލިފައެވެ. 

މީގެ އިތުރުން ޗެންޕިއަންސް ލީގުގެ ގަދަ 16 ގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު 2 މެޗުގައިވެސް މޮރީނިއޯ ޕޮގްބާއަށް ޓީމުން ޖާގަ ދީފައެއް ނުވެއެވެ.

މޮރީނިއޯ އަދި ޕޮގްބާގެ ގުޅުން އިތުރަށް ގޯސްވެފައިވަނީ ފަރާންސް ވޯލްޑް ކަޕް ނެގުމާއި ގުޅިގެން މޮރީނިއޯ ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ. 

މޮރީނިއޯ ބުނެފައިވަނީ ޕޮގްބާ ފްރާންސް ޓީމުގައި މަސައްކަތްކުރާ ވަރަށް ޔުނައިޓެޑްގައި މަސައްކަތް ނުކުރާކަމަށެވެ. މި ވާހަކަތާކާއި ހިތްހަމަނުޖެހި ޔުނައިޓެޑްގެ ޕްރީ ސީޒަން ފަރިތަކުރުންތަކަށް އަވަހަށް އައުމަށް މޮރީނިއޯ އެންގި އެންގުމާ ޕޮގްބާވަނީ ދެކޮޅުވެސް ހަދާފައެވެ.

މި ހިނގާ އައު ސީޒަނުގައި އެކި ފަހަރުމަތިން ޕޮގްބާ އަންނަނީ މޮރީނިއޯގެ ކޯޗިންގ ސްޓައިލްއާއި ދޭތެރޭ ހިތްހަމަނުޖެހޭކަން ދައްކާ ނުސީދާ ގޮތެއްގައި އެކަންކަމަށް ފާޑުކިޔަމުންނެވެ. އެހެންނަމަވެސް ޕޮގްބާއާއިމެދު ހިތް ހަމަނުޖެހުމެއް އަދި މައްސަލައެއްވެސް ނެތްކަމުގައި މޮރީނިއޯ އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. މައްސަލަތައް އިތުރަށް ގޯސްވެ މިހަފްތާތެރޭ މޮރީނިއޯ ވަނީ ޕްގްބާއައް ދެން ޔުނައިޓެޑްގެ ކްޕްޓަންކަން ނުލިބޭނެކަންވެސް އަންގާފައެވެ. 

Advertisement

ކޮމެންޓް

Advertisement