ރ.މާކުރަތު މޮނީޓަރިންގއަށް ލައިފި

30 Mar 2021 | 13:25

ރ.އުނގޫފާރު ކޮވިޑް ކްލަސްޓަރއާ ގުޅިގެން އެ އަތޮޅުގެ މާކުރަތު މޮނީޓަރިންގއަށް ލައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މަޢުލޫމާތުދޭ ގޮތުގައި ރ.މާކުރަތު މޮނީޓަރިންގގެ ހާލަތަށް ލާފައިވަނީ މިއަދެވެ. އެ ރަށް މޮނީޓަރިންގއަށް ލާފައިވަނީ ރ.އުނގޫފާރު ކްލަސްޓަރއާ ގުޅުންހުރި ދެމީހަކު ޕޮޒިޓިވްވުމުންކަމަށް ވަނީ އެނގިފައެވެ.

އެއީ އުނގޫފާރަށް ދަތުރުކުރި ކުޑަކުއްޖަކާ ބޮޑުމީހެކެވެ.

މިހާރު މާކުރަތަށް އަރާފޭބުން ވަނީ މަނާކުރެވިފައެވެ. އެރަށުގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް

Advertisement