Advertisement

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 167 މީހުން!

30 Mar 2021 | 22:03

ދިވެހިރާއްޖެއިން އިތުރު 167 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 167 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 86 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 59 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 21 މީހަކާއި ސިނާއީ ސަރަޙައްދުތަކުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 23،838 އަށް އަރާފައެވެ. މީގެ ތެރެއިން 91 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 20،984 އަށް އަރާފައެވެ

Advertisement

ކޮމެންޓް