Advertisement

މިނިސްޓަރ ޝާހިދު ޖެނީވާގައި ތިއްބަވާ އެފްރިކާ ގައުމުތަކުގެ ސަފީރުންނާ ވަރޗުއަލްކޮށް ބައްދަލުކުރައްވައިފި

31 Mar 2021 | 05:24

ސްވިޓްޒަލެންޑްގެ ޖެނީވާގައި ތިއްބަވާ އެފްރިކާގެ ބައެއް ގައުމުތަކުގެ ސަފީރުންނާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝާހިދު ވަރޗުއަލްކޮށް މިއަދު ބައްދަލުކުރައްވައިފިއެވެ.

ޖެނިވާގައި ޤާއިމްވެފައިވާ އެފްރިކަން ގްރޫޕްގެ ރިޔާސަތު ބަލަހައްޓާ ގެބޮންގެ ޕާމަނެންޓް މިޝަންއިން އިންތިޒާމުކުރެއްވި މި ބައްދަލުވުމުގައި ޖެނިވާގައި ހުންނަ އދ. އޮފީހާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ތިއްބަވާ އެފްރިކަން ޔޫނިއަން މެމްބަރު ގައުމުތަކުގެ ދާއިމީ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އެފްރިކާ ގައުމުތަކާ ގުޅުން ހުރި ބައިނަލްއަގުވާމީ މައްސަލަތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާއި، ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާބެހޭގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކަށް ދިމާވެފައިހުރި ދަތިތައް ފާހަގަކުރައްވާ، ދެމެހެއްޓެނިވި ގޮތެއްގައި ކޮވިޑް-19 އިން އަރައިގަތުމާއި ބެހޭގޮތުން މިނިސްޓަރ ޝަހިދު ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން، އެފްރިކާ ގްރޫޕްގެ ސަފީރުންނާ ބައްދަލުކޮށްލައްވަން ދެއްވި ފުރުސަތަށް ޝުކުރު ދަންނަވައި، މަލްޓިލޭޓަރަލް ސިސްޓަމާއި ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރަން އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް