ރާއްޖޭގެ ރައްޔިތުން ތިބީ ތިލަފަތާ އެކުގައި، އެމްޑީޕީ އަށް ވޯޓު ދިނުމަށް ކެތްމަދުވެފައި: ނަޝީދު

01 Apr 2021 | 19:26

މިދިވެހިރާއްޖޭގެ ރައްޔިތުންތިބީ ތިލަފަތާ އެކުގައި ކަމަށާއި، ރައްޔިތުން ތިބީ އެމްޑީޕީއަށް ވޯޓު ދިނުމަށް ކެތްމަދުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެނޑިޑޭޓުންނާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ ރަށްވެހި ފަތިސް ކެމްޕެއިންގެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އޮންލައިންކޮށް ކެނޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުންތައް ނިމުނު ނަމަވެސް އެމްޑީޕީގެ ކެމްޕެއިން ނުނިމޭ ކަމަށާއި އަދި ކިރިޔާ މި ފެށުނީ ކަމަށެވެ.

އަދި ކެމްޕެއިންގެ ފަހު 10 ދުވަހަށް އެމްޑީޕީން ރަނގަޅަށް ފޫގަޅާލާނެ ކަމަށާއި އެމްޑީޕީ ދެން ނުހުއްޓުވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް