ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުން ވެކްސިން ޕާސްޕޯޓް ލިބޭނެ: މަބްރޫކް

01 Apr 2021 | 08:00

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯސް ޖެހުމުން ރާއްޖޭގެ އެކި ރަށްތަކަށްވެސް، އަދި ބައިނަލްއަޤުވާމީ ދަތުރުތައްވެސް ކުރެވޭނެ ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމާއެކު ކުރިން ހަމަޖެހިފައި އޮތް ގޮތަށް، "ވެކްސިން ޕާސްޕޯޓް" ލިބޭނެ ކަމަށެވެ.

"އަދި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އިންޓަރނޭޝަނަލީވެސް މިކަމަށް މަސައްކަތްތަކެއް އެބަ ކުރެވޭ. ދެވަނަ ޑޯޒް ޖެހުމާއެކު ދުނިޔޭގެ ޤައުމުތަކަށް ދަތުރު ކުރެވޭނެ މިންގަނޑެއް ކަނޑައެޅުމަށްޓަަކައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ވެކްސިން ޕާސްޕޯޓާއި ގުޅޭ މަސައްކަތުގެ މަޝްވަރާތަކެއް މިހާރުވެސް އެބަ ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް ދެވަނަ ޑޯޒް ޖެހުމަށްފަހު، ވެކްސިން ޕާސްޕޯޓް ލިބޭނީ ކިހާ މުއްދަތެއްގެ ތެރޭގައިކަމެއް ކަނޑައެޅިފައިނުވާ ކަަމަށްވެސް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް