ކޮވިޑް ބަލީގައި ދިވެހިރާއްޖެއިން 67 ވަނަ މީހަކު ނިޔާވެއްޖެ

31 Mar 2021 | 18:57

ކޮވިޑް-19 ބަލީގައި ދިވެހިރާއްޖެއިން 67 ވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން މަޢުލޫމާތުދޭ ގޮތުގައި މިއަދު މެންދުރު 12:27 ހާއިރު ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރުގައި ފަރުވާދެމުންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިއްޔެގެ ހައެއް ޖެހުމާއި ހަމައަށް ދިވެހިރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 23،838އަށް އަރާފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 20،984 އަށް އަރާފައެވެ.

Advertisement

ކޮމެންޓް