ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 241 މީހުން!

31 Mar 2021 | 22:10

ދިވެހިރާއްޖެއިން އިތުރު 241 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 241 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 73 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 74 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހަކާއި ސިނާއީ ސަރަޙައްދުތަކުން ޕޮޒިޓިވްވި 79 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 24،079 އަށް އަރާފައެވެ. މީގެ ތެރެއިން 99 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 21،155 އަށް އަރާފައެވެ

Advertisement

ކޮމެންޓް

Advertisement