Advertisement

ރައީސްގެ ދަތުރުފުޅާއެކު އިންޑިއާ ވިސާ ގެ މައްސަލައަށް ލުއިތަކެއް ލިބޭނެ - މިނިސްޓަރ ޝާހިދް

14 Dec 2018 | 15:35

މިމަހުގެ 17 ވަނަދުވަހުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި މިހާރު ދިވެހިންނަށް ކުރިމަތިމަތިވެފައިވާ އިންޑިއާ ވިސާގެ މައްސަލައަށް ބޮޑެތި ލުއިތަކެއް ލިބޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައިއެވެ. މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި ވިސާގެ ލުއިތަކެއް ދިވެހިންނަށް ލިބޭނެ އެއްބަސްވުމުގައި ސޮއެ ކުރައްވާނެކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ ރާއްޖޭގެ ގުޅުން ގޯސްވުމުގެ ސަބަބުން ވަނީ ދިވެހިންނަށް ވިސާ ލިބުމުގައި ބޮޑެތި އުދަގޫތަކަކާއި ކުރިމަތިކުރުވާފައެވެ. އަދި ރާއްޖެއަށް އިންޑިއާގެ ރައްޔިތުންނަށް ވޯކް ވިސާ ދޫކުރުންވެސް މަޑުޖެހިގެންދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ އިތުރުން އިންޑިއާގައި ކިޔަވަން ތިބި ގިނަ އަދަދެއްގެ ކުދިންގެ އާއިލާތަކަށް ވިސާގެ މައްސަލަ ކުރިމަތިކުރުމުގެ ސަބަބުން ކިޔެވުން މެދުކަނޑާލާފައި ރާއްޖެއަށް ބައެއް އާއިލާތައް ބަދަލުވާންވަނީ ޖެހިފައެވެ.

ފޮރިން މިނިސްޓަރ ރާއްޖެ އިންޑިއާގެ ވިސާގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ވިދާޅުވިކަމުގައި ވީނަމަވެސް މިއީ ކުއްލިގޮތަކަށް ބަދަލު ވުމަކީއެކަށީގެންވާ ކަމަކަށް ނުވެދާނެއެވެ.

ނިމިދިޔަ ހަފްތާގައި ރާއްޖެއާއި އިންޑިއާ ދެމެދު ބޭއްވިގެންދިޔަ ބައްދަލުވުންތަކުގައި ވަނީ ވިސާގެ މައްސަލައަށް ލުއިތަކެއް ގެނައުމަށް ވާހަކަދެކެވި އެއްބަސްވެވިފައިކަން ފާހަގަކޮށްލަންޖެހެއެވެ.  

Advertisement

ކޮމެންޓް

Advertisement