Advertisement

ބްރެޒިލްގައި ކޮވިޑް ޖެހިގެން ހާލު ބޮޑުވާ ޒުވާނުން އިތުރުވެއްޖެ

01 Apr 2021 | 23:17

ބްރެޒިލްގައި ޒުވާނުންނަށް ކޮވިޑް-19 ޖެހޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް އެޤައުމުގެ ރިސާޗް އިންސްޓިއުޓަކުން ހާމަކޮށްފިއެވެ.

ބްރެޒިލްއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރާފައިވާއިރު، އެޤައުމުގެ ޞިއްޙީ ނިޒާމަށް ނުކުޅަދާނަ މިންވަރަށް ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ކަަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން، އުމުރުން 30 އަހަރާއި 39 އަހަރާއި، 40 އަހަރާއި 49 އަހަރާއި، 50 އަހަރާއި 59 އަހަރާދެމެދުގެ މީހުންނަށް ބަލި ޖެހި، ހާލު ސީރިއަސްވާ މިންވަރު އިތުރުވެފައިވާ ކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކާއި ހަވާލާދީ ސީއެންއެން ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ.

މީގެ ކުރިން ބްރެޒިލްގައި ކޮވިޑް ޖެހިގެން ހާލު ގޯސްވީ އުމުރުން ދުވަސްވީ މީހުންނެވެ.

ބްރެޒިލްގައި ކޮވިޑް ޖެހިގެން މިދިޔަ މާރިޗުމަހުވެސް 60،000 މީހުން ވަނީ މަރުވެފައެެވެ. 

Advertisement

ކޮމެންޓް

Advertisement