Advertisement

އަދަދުތައް ދަށަކަށް ނުދޭ، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 300 މީހުން!

01 Apr 2021 | 22:31

ދިވެހިރާއްޖެއިން އިތުރު 300 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 300 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 94 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 96މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 95މީހަކާއި ސިނާއީ ސަރަޙައްދުތަކުން ޕޮޒިޓިވްވި މީހަކު އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 24،379އަށް އަރާފައެވެ. މީގެ ތެރެއިން 101 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 21،282 އަށް އަރާފައެވެ.

Advertisement

ކޮމެންޓް