Advertisement

ރައީސް ޔާމީނާދެކޮޅަށް އެމްޑީޕީން ހަރުގެއަށް ޖަމާވުމަށް ގޮވާލައިފި

15 Dec 2018 | 12:12

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް އަޑު އުފުލުމަށް ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާ ގަޑިއަށް އެމްޑީޕީ ހަރުގެއަށް ޖަމާވުމަށް އެފާޓީން ގޮވާލައިފިއެވެ.

މިއަދު ފުލުހަށް ރައީސް ޔާމީން ފުލުހަށް ހަޒިރުކުރަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕެއިން ދުވަސްވަރު ޤަވާއިދާ ހިލާފަށް މާލީ މުއާމަލާތްތެއް ކުރެއްވިކަމުގެ ތުހުމަތުގައެވެ. ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު 14:00 އަށެވެ.

ޕީޕީއެމް އިން ހާމަކުރިގޮތުގައި ރައީސް ޔާމީން ފުލުހަށް ވަޑައިގަންނަވާނީ ހިންގަވާފައިކަމަށެވެ.

މިއައެކު ރޭ އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުންކޮށްފައިވާ ޓުވީޓެެއްގައި ބުނެފައިވަނީ ރަޢީސް ޔާމީން ކުރައްވާފައިވާ ވައްކަމުގެ އަމަލުތައް ހަނދާންކޮށް ދިނުމަށް މިއަދު 13:00 އަށް އެމްޑީޕީ ހަރުގެއަށް އެއްވުމަށް ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ހަރުގެ އަދި ޕީޕީއެމްގެ އޮފީސް ހުންނަނީ މާލޭ ބޮޑުތަކުރުފާނަކީ ކައިރީގައި ހުންނަ ދެތަންކަމުން ރައީސް ޔާމީން ފުލުހަށް ހިންގަވާފައިވާ ވަޑައިގަންނަވަން ޖެހޭނީ ހަރުގެކުރިމަތިންކަން ފާހަގަކޮށްލަން ޖެހެއެވެ. 

Advertisement

ކޮމެންޓް