އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުޙުމަތުގައި މީހަކު ހައްޔަރުކޮށްފި

03 Apr 2021 | 14:10

ދެކުނު އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުވަދުއަތޮޅުގައި ހިމެނޭ ރަށެއްގައި ޢުމުުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް މާރިޗު މަހުގެ 30 ވަނަ ދުވަހުގެ 9:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ޢުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓަން 07 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.

Advertisement

ކޮމެންޓް