އުތުރުގެ ރަށަކުން ރޭޕާއި ދެކޮޅަށް އަޑު އުފުލައިގެން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

03 Apr 2021 | 15:23

އުތުރުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަަލައިގައި ހިމެނޭ މީހުން ހައްޔަރު ނުކުރާތީ ކަންބޮޑުވުން ފާޅުކޮށް އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި އަށް އެއްވެ ހަމަނުޖެހުން ހިންގައިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފިއެވެ.

އެރަށުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 10 މީހުން ހައްޔަރުކުރިއިރު، އެ މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ތިން ދުވަސް ޖެހީ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރު ކުރުމުން އެމީހުން ވަނީ މިހާރު ދޫކޮށްލައިފައެވެ.

އެރަށުގައި ގްރޭޑް 8ގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަަރަށް ޖިންސީ ގޯނާ ކުރީ، އެކުއްޖާއަށް ކިޔަވައިދޭ ޓީޗަރަކާއި، ފުލުުހަކާއި، އަދިވެސް އިތުރު މީހަކު ވެެގެން ކަމަށް އެރަށުން، ބައެއް މީޑިއާތަކާއި ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް

Advertisement