ފުލެޓު ލިސްޓްގެ 88 އިންސައްތައަކީ ކުރީ ސަރުކާރުގެ ލިސްޓުންވެސް ފުލެޓު ލިބުން މީހުން: އާންމުންގެ ޖަމުޢިއްޔާ

05 Apr 2021 | 17:41

ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫޢުގެ ދަށުން އެޅި ފުލެޓުތައް ދިނުމަށް އޭރު އެކުލަވައިލި ލިސްޓުގެ 88 އިންސައްތަ މީހުންނަށް މި ސަރުކާރުންވެސް ފުލެޓު ދީފައިވާ ކަމަށް ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އާންމުންގެ އެކުވެރި ގުޅުން ޖަމުޢިއްޔާއިން ބުނެފިއެވެ.

އެޖަމުޢިއްޔާއިން މިހެން ބުނެފައިވަނީ، އެޖަމުޢިއްޔާއިން ކޮށްފައިވާ ދިރާސާއެއްގެ މަޢުލޫމާތު ހާމަކޮށް ކޮށްފައިވާ ޓްވީޓެއްގައެވެ.

އާންމުންގެ އެކުވެރިކަމުގެ ގުޅުމުންވަނީ ދެ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުތައް ދިރާސާ ކޮށްފައެވެ. 

އެ ދިރާސާގެ އަލީގައި އެޖަމުޢިއްޔާއިން ހާމަކުރި ގޮތުގައި، ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފުލެޓު ދިންއިރު، އޭރުގެ ލިސްޓުގައި ހިމެނުނު 4،421 މީހަކަށް ފުލެޓު ލިބިފައިވެއެވެ.

އަދި ކުރީ ސަރުކާރުން ފުލެޓު ލިބުމަށް ފަހު މި ސަރުކާރުގެ ފުލެޓު ކޮމިޓީން އެކި ސަބަބުތަކާހުރެ ފުލެޓު ނުލިބޭކަމަށް ނިންމާފައިވާ ފަރާތްތަކުގެ އަދަދަކީ 581އެެވެ.

ނަމަވެސް ކުރީ ސަރުކާރުން ފުލެޓު ލިބޭނެކަމުގެ ކަށަވަރުކަން ދީފައިވާ 3،794 މީހަކަށް ފުލެޓު ގެއްލިފައިވާކަން އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް