ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ދޫކޮށްލުމުން، އެހެން ހައުސިންގ މަޝްރޫއުއަކުން ފުރުސަތުދެނީ

06 Apr 2021 | 08:22

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ފަންނީ ކެޓަގަރީން ފްލެޓް ލިބުނު ފަރާތްތަކުން ބޭނުންވާނަމަ އެ ފްލެޓްތައް ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަންނީ ކެޓަގަރީއަކީ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީއެވެ.

ހައުސިންގ މިނިސްޓްރީން ރޭ އާންމުކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިފުރުޞަތަކީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަމަށް ވަނީ ބުނެފައެވެ. އަދި ހަމަ އެއާއެކު މިހުޅުވާލެވޭ ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފްލެޓް ދޫކޮށްލައްވަން އެދިލައްވާ ފަރާތްތަކުން، 6 އޭޕްރީލް 2021 އިން ފެށިގެން 19 އޭޕްރީލް 2021 ގެ ނިޔަލަށް އެ މިނިސްޓްރީއަށް އެކަން، ތިރީގައި ބަޔާންކޮށްފައިވާ ޒަރީޢާތައް މެދުވެރިކޮށް އެންގުމަށް ވަނީ އެދިފައެވެ.

1-ސިޓީ: ސިޓީ އުރައިގެ ބޭރުގައި "ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4ޑޮކްޓަރުންނާއި ނަރުހުން،H5ޓީޗަރުންނަށް ޚާއްޞަ އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތަކުން އެދި"

2- އީމެއިލް [email protected] :

[email protected]

[email protected]

3- WhatsAppއެސް.އެމް އެސް އަދި 7444971

4- ފޯން: 4004951, 4004954, 4004955, 4004959

Advertisement

ކޮމެންޓް