Advertisement

ްރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުއެއްޖެ

27 Sep 2018 | 15:21

މިދިޔަ މަހު ޓުއަރިސްޓުންގެ އަދަދު 2.2 އިންސައްތަ އިތުރުވެއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބްތަކުން ދައްކައިފިއެވެ.

ތަފާތުހިސާބުތަކުން ދައްކާގޮތުން މިދިއަ މަހު އެންމެގިނައިން ޓުއަރިސްޓުން އައީ ޗައިނާ އިންނެވެ. މިދިޔަ އަހަރު މި މުއްދާތާ އަޅާބަލާއިރު 0.8 ޕަސެންޓްގެ މަދުވުމެއް އައިސްފާވެއެވެ.

މިމަހު ޗާއިނާ އިން އައިސްފައިވަނީ 33،472 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައަދަދަކަށް ފަތުރުވެެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 9،249 ފަތުރުވެރިންނެވެ. މިއީ 8 ޕަސެންޓްގެ ކުރިއެރުމުކެވެ.

މިހާތަނަށް 972،389 ފަތުރުވެރިން ރާއްޖެ މިއަހަރު އަތުވެއްޖެއެވެ. އަދި މިމަހު 123،992 ފަތުރުވެރިން އައިސްފާވާކަމަށް ޓްއަރިޒަމް މިނިސްޓްރީގެ ތަފާތުހިސާބްތައް ދައްކައެވެ.

ފަތުރުވެރި ކަމަށް ކުރިއެރުމެއް އައިއިރު ރިސޯޓް އޯނަރުންދަނީ ސިޔާސީ ހަލަބޮލިކަން ބޮޑުވެ ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަން އަންނަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިދިޔަ މަސް ނިމުނުއިރު ރިސޯޓްތަކުގެ އެވްރެޖް އޮކިއުޕަންސީ އަކީ 62 ޕަސެންޓްވެ.

Advertisement

ކޮމެންޓް