އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމުގައި އޮސްޓްރޭލިޔާއިން ބަލައިގެންފި

16 Dec 2018 | 10:45

އިސްރާއީލްގެ ވެރިރަށަކީ ގުދުސްކަމުގައި ބަލައިގެންފިކަމުގައި އޮސްޓްރޭލިޔާއިން ބުނެފިއެވެ. އޮސްޓްރޭލިޔާގެ ބޮޑުވަޒިރު ސްކޮޓް މޮރިސަން ވިދާޅުވީ ގުދުސަކީ އިސްރާއީލުގެ ވެރިރަށްކަމުގައި ބަލައިގަތަސް އެމްބަސީ ގުދުސަށް ބަދަލުކުރާނީ ސުލްހައިގެ އެއްބަސްވުން ފަލަސްތީނާއެކު ސޮއިކުރުމުންކަމުގައެވެ. އެހެންނަމަވެސް ޑިފެންސާއި ވިޔަފާރީގެ ކަންކަން ބަލަހައްޓާ އޮފީހެއް ގުދުސްގައި ހުޅުވޭނެކަމަށް ވިދާޅުވިއެވެ.

އޮސްޓްރޭލިޔާގެ އިދިކޮޅު ލޭބަރޕާޓީގެ ލީޑަރ ވިދާޅުވީ އަންނަ އަހަރު ބާއްވާ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ އޮސްޓްރޭލިޔާގެ މިނިންމުން ކުރިން އޮތް ގޮތަށް ބަދަލުކުރާނެކަމަށަވެ.

އޮސްޓްރޭލިޔާގެ ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތުކުރާގޮތުގައި ބޮޑުވަޒިރު ސްކޮޓް މޮރިސަންގެ މިނިންމުމަކީ ސިޑްނީގައި އޮންނަ ބައި އިލެކްޝަނަށް ޔަހޫދީންގެ ރުހުން ހޯދުމަށް ކުރި ކަމެކެވެ.

އޮސްޓްރޭލިޔާ ސަރުކާރުގެ މިނިންމުމަށް ފަލަސްތީނުންވަނީ ފާޑުކިޔާފައެވެ. އަދި އޮސްޓްރޭލިޔާއާއި އަވަށްޓެރި އިންޑޮނޭޝިޔާއިންވަނީ އޮސްޓްރޭލިޔާއާއެކު ވާހަކަ ދެކެވެމުންދިޔަ ވިޔަފާރީގެ އެއްބަސްވުން މެދުކަނޑާލާފައެވެ.

Advertisement

ކޮމެންޓް