Advertisement

ހުކުރު މިސްކިތުގެ މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

06 Apr 2021 | 16:37

މާލޭގެ ހުކުރު މިސްކިތުގެ މުންނާރާއި އެ ސަރަހައްދުގައި ހުންނަ މެދުޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން މާލޭގެ ހުކުރު މިސްކިތުގެ މުންނާރާއި، މެދު ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. އަދި ދިވެހިންގެ ތާރީހާއި ގުޅިފައިހުރި މިފަދަ ތާރީހީ ބިނާތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބޭ އެހީއެއްކަމަށްވެސް ވަނީ ބުނެފައެވެ.

ހުކުރު މިސްކިތާއި މެދުޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ މުވައްޒަފުންނާއި ހެރިޓޭޖްގެ މުވައްޒަފުން ގުޅިގެންނެވެ. 2019ވަނަ އަހަރުގައި ސްޓެލްކޯ އަދި ހެރިޓޭޖް މިނިސްޓްރީއާ ދެމެދުގައި ވަނީ ހުކުރު މިސްކިތުގެ މުންނާރާއި ހަތަރު ވަޅު ބެލެހެއްޓުމަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Advertisement

ކޮމެންޓް