ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު އެޕްރީލް 6 ވަނަ ދުވަހު

16 Dec 2018 | 17:14

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހުގައިކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެއަކު ނޫސްކޮންފަރެންސެއްގައި ކޮމިޝަންގެ ރައީސް ވިދާޅުވީ އިންތިޚާބު އޮންނާނީ 6 އެޕްރީލް 2019 ވާ ހޮނިހިރު ދުވަހުގައިކަމުގައެވެ. ޖެނުއަރީ 28 ގެ ކުރިން އިންތިޚާބަށް ހުޅުވައިލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ބޭއްވުމަށް ބޭނުންވާ ފައިސާ ދަތިކަމެއްނެތި ހަމަޖެހިގެންދާނެކަމަށް ފައިނޭންސް މިނިސްޓްރީން ބުނެފައިވާކަމަށްވސް ކޮމިޝަނުން ބުންޏެވެ.

އިންތިޚާބަށް ހުޅުވައިލާއިރު މާލޭގެ ދެދާއިރާއެއް އިތުރުވުން ނޫން އެހެން މައިގަނޑު ބަދަލެއް ނެތްކަމަށް ބުނެފައިވެއެވެ. އެކަމަކު އައްޑުސިޓީގެ މަރަދޫ ފޭދޫ އާއި މީދޫ ވަކި ދެދާއިރާއަކަށް ހެދުމަށް އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް އޮތްކަމަށާއި މާދަމާ އެމައްސަލާގައި ޖަވާބުދާރީވުމަށް ހައިކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާތީ އެކަން ކުރިއަށް އެބަދާކަމުގައި ބުންޏެވެ.

އިންތިޚާބީ ދާއިރާތައް ނިންމައި މިހަފްތާތެރޭ އިއުލާންކުރެވޭނެކަމަށްވެސް ބުންޏެވެ. އަދި މިހާރު ވޯޓަރސް ލިސްޓް ފުރިހަމަކުރުމުގެ ކަންކަންވެސް ކުރިއަށް ދާކަމަށް ބުންޏެވެ.

Advertisement

ކޮމެންޓް