Advertisement

ޑރ.ވަޙީދުގެ ބައޮގްރަފީ "އިންސާފު" މުޅި ރާއްޖެއަށް!

08 Apr 2021 | 14:11

ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބައޮގްރަފީ "އިންސާފު"ގެ ރަސްމީ ޑިސްޓްރިބިއުޓަރކަން ޕްރެސް ހައުސަށް ލިބިއްޖެއެވެ.

މަޝްހޫރު ލިޔުންތެރިޔާ އަދި ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރ މުޙައްމަދު ޖަމީލް ލިޔުއްވާފައިވާ މިފޮތުގެ ރަސްމީ ޑިސްޓްރިބިއުޓަރުކަން ޕްރެސް ހައުސަށް ދީފައިވަނީ، ކުރީގެ ރައީސް ޑރ.ވަޙީދުގެ ރަސްމީ އޮފީހުގައި އޮތް ކުޑަ ޙަފުލާއެއްގައެވެ.

ޕްރެސް ހައުސްއަކީ ރާއްޖޭގެ ފުރަތަމަ ރައީސް އަލްމަރުޙޫމް މުޙައްމަދު އަމީން ދީދީގެ ހަޔާތްޕުޅަށް ޖަމީލު ލިޔުއްވާފައިވާ "އޯކިޑް" ފޮތުގެ ރަސްމީ ޑިސްޓްރިބިއުޓަރވެސްމެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިދިޔަ އަހަރުގައި ނެރުއްވި "ދެރަދުން"ފޮތުގެ ރަސްމީ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައިވެސް އެފަރާތުން ހަރަކާތްތެރިވެއެވެ.

ޕްރެސް ހައުސްއިން މައުލޫމާތު ދިންގޮތުގަައި ރައީސް ޑރ. ވަހީދުގެ "އިންސާފު" މިއަދުން ފެށިގެން މުޅި ރާއްޖެއަށް ޑެލިވެރީ ކުރެވިގެންދާނެއެވެ. ފޮތެއްގެ އަގަކީ 200 ރުފިޔާއެވެ.

އިންސާފު އަދި ޕްރެސް ހައުސްއިން ޑިސްޓްރިބިއުޓް ކުރާ އެހެން ފޮތްތައް ބޭނުންވާ ފަރާތްތަކުން 9924442 އަށް ގުޅާލުމުން، މާލެ އަދި ހުޅުމާލެ ނަމަ ގެއާއި ހިސާބަށް ގެންގޮސްދޭނެއެވެ. އަދި ރަށްރަށަށް ދަތުރުކުރާ ފެރީތަކާއި ބޯޓުތަކާއި ހަމައަށްވެސް ޕްރެސް ހައުސްއިން މި ފޮތްތައް ގެންގޮސްދޭނެއެވެ.

Advertisement

ކޮމެންޓް

Advertisement