ފިނިޝިން މަސައްކަތް ނިންމާފައިވެސް 5600 ރުފިޔާއަށް ފުލެޓު ކުއްޔަށް ދެވޭނެ: މުޢިއްޒު

08 Apr 2021 | 12:24

ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފުލެޓުތަކުގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށްފަހުވެސް، އެ ފުލެޓުތައް ކުރީ ސަރުކާރުން ކުއްޔަށް ދިނުމަށް ކަނޑައެޅި އަގަށް ދެވޭނެ ކަަމަށް ކުރީގެ ހައުސިން މިނިސްޓަރު، އަދި މާލެ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ފުލެޓުތަކުގެ ކުއްޔަކީ، 7500 ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ އިއްޔެ ވިދާޅުވެފައެވެ. އެއަގުގައި ކުއްޔަށް ދިނުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ގެއްލުންވާނެ ކަަމަށްވެސް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ.

ޑރ.މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލެޓު ކުއްޔަކީ 5،600 ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ކަމުގައި ކަނޑައެޅުމަކީ ސަރުކާރުން ރައްޔިތުންނަށް ދިން އިތުރު ހިތްދަތިކަމެއް ކަމަށެވެ.

"ދޮރާއި، ޓައިލްސްއާއެއްކޮށް ނިންމާފައި 5،600 ރުފިޔާއަށް ދެވޭނެ. އަދި 25 އަހަރަށް ބަހާލާނަމަ، 3،800 ރުފިޔާއަށް ދެވޭނެ" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް