އެމްޑީޕީ ނޫން އެހެން ކެނޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް: ރައީސް ޞާލިޙު

09 Apr 2021 | 01:14

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވެރިކަން ކުރާ މައި ޕާޓީ( އެމްޑީޕީ)ގެ ކެނޑިޑޭޓުން ނޫން އެހެން ކެނޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމުމުގެ ގޮތުން އއ.ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްވި ބަސްދީގަތުމެއްގައި، އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ބަޔާންކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ އެމްޑީޕީން ދަނީ ވަޢުދުތައް ފުއްދަމުން ކަމަށެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް މިފަހަރުގެ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަަމަށް ޔަޤީންކުރައްވާ ކަމަށެވެ.   

Advertisement

ކޮމެންޓް