Advertisement

ރާއްޖެއަށް އަލުން ދިރުމެއް ލިބޭނީ ރައީސް ޔާމީން މިނިވަން ވެގެން: އާދަމް ޝަރީފު

09 Apr 2021 | 15:16

ދިވެހިރާއްޖެއަށް އަލުން ދިރުމެއް ލިބެން އޮތީ، ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ވެގެން ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް(ޕީޖީ) ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ޚާއްޞަ މެސެޖެއް ދެއްވައިފައެވެ. މި މެސެޖު ދެއްވާފައިވަނީ ޗެނަލް13 މެދުވެރިކޮށް، އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީންއެވެ.

ރައީސް ޔާމީންގެ މެސެޖުގައި ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާ ކަމަށާއި، އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

ރައީސް ޔާމީން ދެއްވި މެސެޖާއި ގުޅޭ ޚަބަރެއް ޓްވިޓަރގައި ހިއްސާ ކުރައްވައި، އެމަނިކުފާނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޔާމީން ދެއްވި މެސެޖުން ހިތްވަރު ލިބިގެން އެމަނިކުފާނު ސަޕޯޓަރުން، ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ނުކުންނާނީ އިތުރު ސާބިތުކަމާއިއެކުގައި ކަމަށެވެ.

"ރައީސް ޔާމީންގެ ލެގަސީ، އަބަދުވެސް ދާނީ ވިދާ ބަބުޅަމުން" އާދަމް ޝަރީފު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް