Advertisement

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ދީފި

11 Apr 2021 | 15:09

ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ޑަބްލިއުޑީސީ ގެ ގޮނޑިތަކަށް ވާދަކުރައްވާ ކާމިޔާބީ ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް ޞާލިހް ކާމިޔާބީ ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައިމިވަނީ ދާދި ދެންމެއަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައެވެ.

"މި އިންތިޚާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އެމަނިކުފާނު އުންމީދުކުރައްވާ" ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައިވެއެވެ.

ބަޔާން ނިންމާލާފައިވަނީ މި އިންތިޚާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމުންނެވެ.

Advertisement

ކޮމެންޓް