ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ޕީޕީއެމްއިން މިރޭ ޚާއްޞަ ހަރަކާތެއް ބާއްވަނީ

11 Apr 2021 | 20:32

މިއަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ޕީޕީއެމްއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އެޕާޓީން ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމްއިން ބުނިގޮތުގައި މި ހަރަކާތް އޮންނާނީ މިރޭ 8:45 ހާއިރު އެޕާޓީގެ އޮފީހުގެ ކުރިމަތީގައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ޕީޕީއެމްއަށް ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަން ހިމެނޭގޮތަށް މެޖޯރިޓީ ހޯދިފައެވެ. 

އަދި އަތޮޅުތެރޭގައި އެމްޑީޕީއަށް މީގެކުރިން ބޮޑު ތާއީދެއް އޮތް ބައެއް އަތޮޅުތަކާއި ރަށްތަކުގެ މެޖޯރިޓީވެސް ވަނީ ޕީޕީއެމްއިން ނަގާފައެވެ.

ފޮޓޯ: ވަން އޮންލައިން

Advertisement

ކޮމެންޓް

Advertisement