Advertisement

ރޯދަމަސް ކައިރިވެފައިވަނިކޮށް ފްރާންސުގެ މިސްކިތެއްގައި ރޯކޮށްލައިފި

12 Apr 2021 | 11:56

ރަމަޟާން މަސް ކައިރިވެފައިވަނިކޮށް ފްރާންސުގެ ނަންޓެސް ސިޓީގައި ހުރި މިސްކިތެއްގައި ހުޅުޖަހައި، ގެއްލުންތަކެއް ދީފައެވެ.

ހުކުރު ދުވަހު، ދިން މިހަމަލާ އަކީ ފްރާންސުގައި މުސްލިމުންނަށް ނަފުރަތުކޮށް، ގެންގުޅޭ ތަފާތު ކުރުންތަކަށް އިތުރުވެގެން ދިޔަ ބޮޅެކެވެ.

"އައްރަޙްމާ" ނަމަކަށް ކިޔާ މިސްކިތުގައި ރޯކޮށްލާފައިވަނީ، މިސްކިތް ކުރިމަތީގައި ހުރި ފޮށިގަނޑުތަކެއްގައި ރޯކޮށްލައިގެންނެވެ. މިކަމުގެ ސަބަބުން ލަކުޑިން ހަދާފައިވާ ދޮރުތަކަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ހުޅު ޖެހުމުގެ ސަބަބުން މިސްކިތުގެ ފާރުތައްވެސް ވަނީ ކަޅުވެފައެވެ.

މިހަމަލާ ތަޙުޤީޤު ކުރަމުން އަންނައިރު، ފްރާންސުގެ އިންޓީރިއަރ މިނިސްޓްރީން ވަނީ މި ޢަމަލު ހިންގި ފަރާތްތައް ނޭނގުނު ނަމަވެސް، މިކަން ކުށްވެރިކޮށްފައެވެ. 

Advertisement

ކޮމެންޓް