ކެބްއެމްވީ އެޕް، ރޯދަ މަހު ޓެކްސީ ޑްރައިވަރުންނަށް މުޅިން ހިލޭ!

13 Apr 2021 | 18:32

ކެބްއެމްވީ އެޕްލިކޭޝަން ބޭނުން ކުރާ ހުރިހާ ޑްރައިވަރުންނަށް، މިއަަހަރު ރޯދަ ހަދިޔާއެއްގެ ގޮތުގައި އެޕްލިކޭޝަން ހިލޭ ބޭނުން ކުރެވޭނެ ގޮތް ހަދައިފިއެވެ.

ކެބްއެމްވީއިން ބުނީ ރޯދަމަހުގެ "އިނާޔަތެއް"ގެ ގޮތުގައި، ޓެކްސީ ޑްރައިވަރުންނަށް މި ފުރުޞަތު ދިނީ ރޯދަ ހަދިޔާއެއް ދިނުމުގެ ގޮތުން ކަމަށެވެ.

ކެބްއެމްވީ އަކީ 24ގަޑިއިރު، ޓެކްސީ ހޯދުމުގެ ޚިދުމަތްދޭ އެޕެެެކެވެ. މި އެޕްގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށާއި، ޓެކްސީގެ ޚިދުމަތް ބޭނުުންކުރާ މީހުންނަށް އެތައް ލުއި ފަސޭހައެއް ލިބިގެން ދެއެވެ. 

Advertisement

ކޮމެންޓް