Advertisement

އަަޅުގަނޑާއި ރައީސް ނަޝީދުގެ ދެމެދަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ: ރައީސް ޞާލިހް

13 Apr 2021 | 13:45

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ދެމެދަކަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙު ވިދާޅުވީ، އެމަނިކުފާނާއި ރައީސް ނަޝީދާއި ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުޅުނަސް އޭގެ ސަބަބުން ޕާޓީއަކަށް ގެއްލުމެއް ވިޔަ ނުދެއްވާނެކަމަށެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވެންޓިލޭޓަރުގެ މައްސަލަ ފިޔަވައި އެމަނިކުފާނާއި ރައީސް ޞާލިހާއި ދެމެދުގައި މައްސަލައެއް ނެތްކަމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. މިއީ ރައީސް ނަޝީދާއި ރައީސް ޞާލިހާއި ދެމެދުގައި ނުތަނަވަސްކަމެއް އުޅޭކަމަށް އެމަނިކުފާނު އާންމުކޮށް އެއްބަސްވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ކޮރަޕްޝަނާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުޅޭކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް