އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ފުރިހަމަ ރޯދަ ހަދިޔާއެއް!

12 Apr 2021 | 21:09

އުރީދޫ މޯލްޑިވްސްގެ ބައެއް ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާފައި ތިބި ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ، މިހާރު އަނެއްމަހުވެސް ބޭނުންކުރެވޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒު ވިދާޅުވީ، މި ބަދަލު ގެނައީ މި މަހުން ފެށިގެން ކަމަށެވެ. 

އެގޮތުން އުރީދޫ ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ މިހާރު އަނެއް މަހުގައި ވެސް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން 600 އަށް ވުރެ ކުޑަ ޕެކޭޖުތަކުގައި ނުހުރޭ ބާކީ ޑޭޓާއެއް. އެހެންވެ އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރީ ބޮޑެތި ޕްލޭންތަކަށް މި ހިދުމަތް ދޭން. މިއާއެކު 600 އިން މަތީގެ ޕެކޭޖުތައް ނަގާފައި ތިބި ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ މެއި މަހު ވެސް ބޭނުން ކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.

މިއާއެކު އުރީދޫގެ ޕޯސްޓްޕެއިޑް ދެ ޕްލޭން ކަމަށްވާ "ވަރަށް ތަފާތު" އަދި "އެކު"ގެ ޕެކޭޖުތަކުގެ ތެރެއިން 600ރ. އިން މަތީގެ ޕެކޭޖުތަކަށް މި ޚިދުމަތް ލިބޭނެ އެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް