ރަމަޟާންމަހުގައި ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބީއެމްއެލްގެ އެހީއެއް!

12 Apr 2021 | 21:33

ބޭންކް އޮފް މޯލްޑިވްސްއިން މުޖުތަމަޢަށް ދެމުންދާ މާލީ އެހީތެރިކަމުގެ ދަށުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް މި ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ފައިސާ ހަދިޔާކޮށްފައިވަނީ އެޖަމުޢިއްޔާއިން ހިންގާ އާކް އެއިޑް ޕްރޮގްރާމަށެވެ. އާކް އެއިޑް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް އަންނަނީ އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން މާލޭ ސިޓީގައި ދިރިއުޅޭ 70 ޢާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

2020 ވަނަ އަހަރުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 ޢާއިލާއެއްގެ 587 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން ފޮނުވި ޕްރެސް ރިލީސަކަށެވެ.

Advertisement

ކޮމެންޓް

Advertisement