Advertisement

ޤާނޫނުގައިވާ ގޮތަށް ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތުދޭން ޕީޕީއެމްއަށް ގޮވާލަން: އެމްޑީޕީ

13 Apr 2021 | 15:16

ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުގުނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތުދޭން އެމްޑީޕީގެ ފަރާތުން ޕީޕީއެމްއަށް ގޮވާލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގައި އޮތް ކައުންސިލް އިންތިޚާބުގެ ބައެއް ވޯޓުފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ ނަތީޖާގައި ކުޑަ ފަރަގެއް ހުރުމުން، ވަގުތީ ނަތީޖާތައް ކަށަވަރުނުވާ ފޮށިތަކަކުންކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ އިސްވެރިންނާއި ސަޕޯޓަރުންވަނީ އިންތިޚާބާއި ބެހޭ މަރުކަޒަށް ގޮސް، އެތަނުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭގެ ފަހުން އެތަނަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ދިއުމުން ޕީޕީއެމްގެ ފަރާތްތަކުން ވަނީ އަޑުގަދަކޮށްފައެވެ.

މިހާރު ރައީސް ނަޝީދު ވަނީ އިންތިޚާބާއި ބެހޭ މަރުކަޒު ދޫކުރައްވައި ވަޑައިގެންފައެވެ.

މިކަމާއި ގުޅޭގޮތުން އެމްޑީޕީގެ ރަަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ މާލޭގެ ހެންވޭރު ދެކުނު ދާއިރާ ނުވަތަ ޓީ4ގެ ވޯޓުފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމްގެ އިސްވެރިން ވޯޓު މަރުކަޒަށް ވަޑައިގެން އެތަނުގައި އަޑުގަދަކުރައްވާ ހައްދަވާފައިވާކަމަށެވެ. އެހެންވުމުން، އެތަނަށް ދިއުމަށް އެމްޑީޕީގެ އިސްވެރިންނަށްވެސް މަޖުބޫރުވީކަމަށް ވަނީ ބުނެފައެވެ.

އަދި އެޕާޓީން ވަނީ ޤާނޫނުގައިވާ ގޮތަށް ވޯޓުގެ ކަންތައް ކުރިއަށްދިއުމުގެ ފުރުޞަތުދޭން ޕީޕީއެމްއަށް ގޮވާލާފައެވެ.

Advertisement

ކޮމެންޓް