ފުރުޤާން މިސްކިތުގައި ދަރުސް ސިލްސިލާ ބާއްވަން މިހާތަނަށް ހުއްދަ ދީފައެއް ނުވޭ: ސަލަފް ޖަމުޢިއްޔާ

13 Apr 2021 | 23:33

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ޖަމުޢިއްޔަތުލް ސަލަފުން ބާއްވާ ދަރުސް ސިލްސިލާ ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން މިހާތަނަށް ހުއްދަ ލިބިފައިނުވާކަމަށް ޖަމުޢިއްޔަތުއްސަލަފުން ބުނެފިއެވެ.

އެ ޖަމުޢިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އެ ޖަމުޢިއްޔާގެ ފަރާތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަކަށް ޚާއްޞަކޮށްގެން ފުރުޤާން މިސްކިތުގައި ގެނެސްދޭ ދަރުސް ސިލްސިލާއާ މެދު ގިނަބަޔަކު ސުވާލުކުރަމުންދާ ކަމަށެވެ.

އެގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިންވެސް މިއަހަރުވެސް އެކަމަށް ހުއްދަ ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް އެ ޖަމުޢިއްޔާއިން ހުށައެޅިކަމަށެވެ. ނަމަވެސް އެކަމަށް މިހާތަނަށް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

ސަލަފް ޖަމުޢިއްޔާއިން ކޮންމެ އަހަރެއްގެ ރޯދަމަހު ފުރުޤާން މިސްކިތުގައި ބާއްވާ ސިލްސިލާ ދަރުސްތަކަކީ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ދަރުސްތަކެކެވެ.

Advertisement

ކޮމެންޓް